ASF header

އޭޝިޔާ ފްރަންޓިއަރ ކެޕިޓަލް އަށް މަރުހަބާ ކިޔަމެވެ.

އޭޝިޔާ ފްރަންޓިއަރ ކެޕިޓަލް އަކީ އޭއެފްސީ އޭޝިޔާ ފްރަންޓިއަރ ފަންޑާއި އޭއެފްސީ ވިއެޓްނާމް ފަންޑް މެދުވެރިކޮށް އިގްތިސާދީ ގޮތުން ބާރުމިނެއްގައި ތަރައްގީވަމުންއަންނަ ގައުމުތަކުގައި އިންވެސްޓްކުރުގައި ތަހައްސިސްވެ، ކުރިއަރަމުންއަންނަ އިންވެސްޓްމަންޓް ފަންޑް މެނޭޖްމަންޓް ކުންފުންޏެކެވެ.

އޭއެފްސީ އޭޝިޔާ ފްރަންޓިއަރ ފަންޑު އިންވެސްޓުކުރަނީ އޭޝިޔާ ފްރަންޓިއަރ ގައުމުތަކުގެ ތެރެއިން ބާރު މިނެއްގައި އާބާދީއާއި އާމްދަނީ އަދި އިގްތިސާދު ކުރިއަރަމުން އަންނަ ގައުމުތަކުގެ އާންމުންނަށް ހުޅުވާލައިގެން ދޫކޮއްފައިވާ ހިއްސާގައެވެ. މި ފަންޑުން، ބަންގްލަދޭޝް، ބޫޓާން، ކެމްބޯޑިއާ، އިރާގު، ލާއޯސް، ދިވެހިރާއްޖެ، މޮންގޯލިއާ، މިއަންމާ (ބަރުމާ)، ނޭޕާލް، ޕާކިސްތާން، ޕަޕުއާ ނިއުގިނީ، ސްރީލަންކާ އަދި ވިއެޓްނާމްގައި ވިޔަފާރި ހަރަކާތް ހިންގާ ގައުމުތަކުގައި ލިސްޓްކުރެވިފައިވާ ކުންފުނީގެ ހިއްސާގައި އިންވެސްޓްކުރެއެވެ. އޭއެފްސީ އޭޝިޔާ ފްރަންޓިއަރ ފަންޑުން މި ގައުމުތަކުގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ފައިދާ ނަގައި، މަތީ މިންވަރެއްގެ ފައިދާ ހޯދުމުގެ ޤާބިލްކަން ލިބިފައިވެއެވެ. މި ފަންޑު ބަލަހައްޓަނީ ފަންޑުގެ ފައުންޑަރ އަދި ސީއީއޯ، އޭޝިޔާގައި ފްރަންޓިއަރ މާކެޓްގައި އިންވެސްޓްކުރުމުގެ 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ތޯމަސް ހަގާރ އެވެ.

އޭޝިޔާ ވިއެޓްނާމް ފަންޑަކީ 11 ޑިސެމްބަރު 2013 ގައި ތައާރަފްކުރެވި، އޭޝިޔާއާއި އަދި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ފްރަންޓިއާ މާކެޓްތަކުގައި އިންވެސްޓްކުރުމުގެ ޖުމްލަ 75 އަހަރުގެ ތަޖުރިބާ ލިބިފައިވާ ތޯމަސް ހަގާރ، އަންޑްރިއާޒް ކަރާލް، އަދި އަންޑިރިއާޒް ވޮގެލްސަންގާގެ ބެލުމުގެ ދަށުންނެވެ. މި ފަންޑުން އިންވެސްޓް ކުރަނީ ހަމައެކަނި ވިއެޓްނާމުގެ ކުރިއަރަމުން އަންނަ ކުންފުނިތަކުގެ ހިއްސާގައެވެ. ޚާއްސަކޮށް، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގައެވެ. ފަންޑުގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ، އެންޑްރިއާޒް ކަރާލް ވަނީ ވިއެޓްނާމް ކުންފުނިތަކުގެ ހިއްސާގެ ތެރެއިން ޕީއީ ރޭޝިއޯ 6 އަދި 7 އާ ދެމެދުގައި އުޅޭ، އަދި ފޮތުގެ އަގުގައި ހިއްސާގެ ވިޔަފާރިކުރެވޭ 100 އަށްވުރެ ގިނަ ހިއްސާ ފާހަކަކޮށްފައެވެ. މިކުންފުނިތަކުގެ ހިއްސާގެ ފައިދާ އުޅެނީ %9 އަށްވުރެ މަތީގައެވެ. އަދި ނެޓް ކޭޝް ޕޮޒިޝަން އެ ކުންފުނިތަކުގެ މާކެޓް ކެޕިޓަލައިޒޭޝަނާ ގާތްކުރެއެވެ.

ފަންޑާއި، އަދި ފަންޑުގެ މެނޭޖްމަންޓް ޓީމް، އަދި އިންވެސްޓްމަންޓްގެ ހިކުމަތާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް info@asiafrontiercapital.com މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.

އޭސިއާ ފްރަންޓިއަރ ފަންޑް

ޖުމުލަ ފަންޑްގެ ޕާރފޯމަންސް

AAFF-Perf-Chart

އޭސިއާ ފްރަންޓިއަރ ކެޕިޓަލް ލިމިޓެޑްއަކީ ކޭމަން އައިލެންޑްސްގައި ގާއިމުކުރެވިފައިވާ ފަންޑް މެނޭޖްމަންޓް ކުންފުންޏެކެވެ. މިކުންފުނިން އިންވެސްޓް ކުރުމަށް ހުޅުވާލާފައި ވަނީ އޯޕެން އެންޑެޑް ފަންޑް (ފަންޑުން ދޫކުރާ ހިއްސާގެ އަދަދަށް ވަކި މިންވަރެށް ކަނޑަނާޅާ އަދި ގަންނަ ހިއްސާތައް އަނބުރާ ފަންޑަށް ވިއްކޭގޮތަށް ހުންނަ މިއުޗުއަލް ފަންޑް) ތަކުގައެވެ. ކޭމަން އައިލެންޑްސްގައި ގާއިމު ކުރެވިފައިވާ މިފަންޑްތަކުގައި ހަމައެކަނި ޔޫ.އެސް ގެ އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ "އޭ.އެފް.ސީ އޭސިއާ ފްރަންޓިއަރ ފަންޑް" އަދި ޔޫ.އެސް ނޫން ޤައުމުތަކުގެ އިންވެސްޓަރުންނަށް ހާއްސަކޮށް ހުޅުވާލެވިފައިވާ "އޭ.އެފް.ސީ އޭސިއާ ފްރަންޓިއަރ ފަންޑް (ނަން-ޔޫ.އެސް)" ހިމެނެއެވެ.

މިފަންޑްތަކުގައި އިންވެސްޓް ކުރުމަށްއެދި ހުށައެޅުން މަހުން މަހަށް ހުޅުވާލާފައިވާއިރު ކޮންމެ ކަލަންޑަރ މަހެއްގެ ފަހުދުވަހުގެ ފަސް މަސައްކަތު ދުވަހުގެ ކުރިން ސަބްސްކްރިޕްޝަން ބަންދު ކުރެވޭންއެވެ. ދެކްލާހަކަށް ބެހިފައިވާ ހިއްސާ ހިމެނިފައިވާ މި ފަންޑްގެ ބޭސް ކަރަންސީ (ފަންޑްގެ މާލީ ބަޔާންތައް ތައްޔާރުކުރެވިފައިވާ އަސާސީ ފައިސާ) ތަކަކީ ޔޫ.އެސް ޑޮލަރ، ސްވިސް ފްރޭންކް އަދި ޔޫރޯ އެވެ.

ފަންޑަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ލިޔެކިޔުން ހޯދުމަށް ނުވަތަ ފަންޑްގައި އިންވެސްޓް ކުރުމާބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް info@asiafrontiercapital.com އަށް އީމެއިލް ކޮށްލައްވާށެވެ.

 ކްލާސް އޭކްލާސް ބީ
މެނޭޖްމަންޓް ފީ އަހަރަކު ނެޓް އެސެޓް ވެލިއޫ (ކުންފުނީގެ ޖުމްލަ އެސެޓްއިން ލައިބްލިޓީސް ކަނޑާފައި ބަކީއިން ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް ޖެހޭ ފައިސާގެ އަދަދު) ގެ %1.8 އަހަރަކު ނެޓް އެސެޓް ވެލިއޫ ގެ %1.5
ޕާރފޯމަންސް ފީ 3 މަހުގެ USD LIBOR +2% އާ ހައި ވޯޓަރ މާކް އަށް ވުރެން %10 ނެޓް އެސެޓް ވެލިއޫގެ (NAV) އަގު މަތިވުން 3 މަހުގެ USD LIBOR +2% އާ ހައި ވޯޓަރ މާކް އަށް ވުރެން %8 ނެޓް އެސެޓް ވެލިއޫގެ (NAV) އަގު މަތިވުން
ސަބްސްކްރިޕްޝަން (ފަންޑްގަ އިންވެސްޓް ކުރުމަށްއެދި ހުށަހެޅުން) ކޮންމެ ކަލަންޑަރ މަހެއްގެ އެންމެ ފަހު ދުވަހާޖެހުމުގެ 5 މަސައްކަތު ދުވަސް ކުރިން ކޮންމެ ކަލަންޑަރ މަހެއްގެ އެންމެ ފަހު ދުވަހާޖެހުމުގެ 5 މަސައްކަތު ދުވަސް ކުރިން
ރިޑެމްޝަން (ހިއްސާތައް ފަންޑަށް އަނބުރާ ވިއްކާލުން) 90 ދުވަހުގެ ނޯޓިސްއަކާއެކު ކޮންމެ މަހަކު ނެޓް އެސެޓް ވެލިއޫ (NAV) ގައި 180 ދުވަހުގެ ނޯޓިސްއަކާއެކު ކޮންމެ މަހަކު ނެޓް އެސެޓް ވެލިއޫ (NAV) ގައި
ފަންޑްގެ ބޭސް (އަސާސީ) ފައިސާ ޔޫ.އެސް ޑޮލަ (USD) ، ޔޫރޯ(EUR) ، ސްވިސް ފްރޭންކް(CHF) ޔޫ.އެސް ޑޮލަ (USD) ، ޔޫރޯ(EUR) ، ސްވިސް ފްރޭންކް(CHF)
މަދުވެގެން ފުރަތަމަ އިންވެސްޓް ކުރަންޖެހޭ މިންވަރު ޔޫ.އެސް ޑޮލަރުގެ ހިއްސާއަށް USD 25,000 ޔޫ.އެސް ޑޮލަރުގެ ހިއްސާއަށް USD 25,000
ޔޫ.އެސް ޑޮލަރުގެ ހިއްސާއަށް EUR 25,000 ޔޫ.އެސް ޑޮލަރުގެ ހިއްސާއަށް EUR 25,000
ޔޫ.އެސް ޑޮލަރުގެ ހިއްސާއަށް CHF 25,000 ޔޫ.އެސް ޑޮލަރުގެ ހިއްސާއަށް CHF 25,000
ވެލުއޭޝަން ޑޭ (ފަންޑްގެ ނެޓް އެސެޓް ވެލިއޫ ހޯދުމަށްޓަކައި ފަންޑް އަގު ކުރާދުވަސް) ކޮންމެ ކަލަންޑަރ މަހެއްގެ އެންމެ ފަހުދުވަސް ކޮންމެ ކަލަންޑަރ މަހެއްގެ އެންމެ ފަހުދުވަސް

އޭ.އެފް.ސީ ވިއެޓްނާމް ފަންޑް

Net NAV Indexed Returns USD

AVF-Perf-Chart

އޭސިއާ ފްރަންޓިއަރ ކެޕިޓަލް (ވިއެޓްނާމް) ލިމިޓެޑަކީ ކޭމަން އައިލެޑްސްގައި ޤާއިމް ކުރެވިފައިވާ "އޭ.އެފް.ސީ ވިއެޓްނާމް ފަންޑް"ގެ އިންވެސްޓްމަންޓް މެނޭޖަރ އެވެ. މިފަންޑުގެ މަގުސަދަކީ ކުރިއަރަމުން އަންނަ ކުންފުނިތަކުން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފައިދާހޯދައިގެން ދިގުމުއްދަތުގެ ކެޕިޓަލް އެޕްރެސިއޭޝަން (ފަންޑްގައިވާ މާލީ ސެކިއުރިޓީސްގެ އަގުމައްޗަށް ދިއުމުގެ ފައިދާ) އިންވެސްޓަރުންނަށް ހޯދައިދިނުމެވެ.

އޭ.އެފް.ސީ ވިއެޓްނާމް ފަންޑް މެނޭޖްކުރަނީ ތޯމަސް ހަގަރ، އެންޑްރިއަސް ކަރެލް އަދި އެންޑްރިއަސް ވޮގްލްސޭންގަރގެ އެގްޒެކެޓިވް ލީޑަޝިޕް ޓީމްގެ ދަށުންނެވެ. މިޓީމުގައި 75 އަރަށްވުރެ ދިގުމުއްދަތުގެ އިންވެސްޓްމަންޓް ތަޖުރިބާ އެކުލެވިގެންވެއެވެ. މީގެއިތުރުން ކެމްބޯޑިއާ، ހޮންގކޮންގ، ސިންގަޕޯރ، ސްރީލަންކާ އަދި ތައިލެންޑް ފަދަ ޤައުމުތަކުގައި މަތީ މަޤާމުތަކުގައި ތިބުމުގެ ސަބަބުން އޭޝިއާގައި މަސައްކަތް ކުރުމުގެ ފުރިހަމަ ތަޖުރިބާ ލިބިގެންވެއެވެ.

ފަންޑަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ލިޔެކިޔުން ހޯދުމަށް ނުވަތަ ފަންޑްގައި އިންވެސްޓް ކުރުމާބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް info@asiafrontiercapital.com އަށް އީމެއިލް ކޮށްލައްވާށެވެ.

 ކްލާސް ސީ
މެނޭޖްމަންޓް ފީ އަހަރަކު ނެޓް އެސެޓް ވެލިއޫ (ކުންފުނީގެ ޖުމްލަ އެސެޓްއިން ލައިބްލިޓީސް ކަނޑާފައި ބަކީއިން ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް ޖެހޭ ފައިސާގެ އަދަދު) ގެ %1.8
ޕާރފޯމަންސް ފީ %12.5 ނެޓް އެސެޓް ވެލިއޫގެ (NAV) އަގު ހައި ވޯޓަރ މާކް އަށްވުރެން މަތިވުން
ސަބްސްކްރިޕްޝަން (ފަންޑްގަ އިންވެސްޓް ކުރުމަށްއެދި ހުށަހެޅުން) ކޮންމެ ކަލަންޑަރ މަހެއްގެ އެންމެ ފަހު ދުވަހާޖެހުމުގެ 5 މަސައްކަތު ދުވަސް ކުރިން
ރިޑެމްޝަން (ހިއްސާތައް ފަންޑަށް އަނބުރާ ވިއްކާލުން) 60 ދުވަހުގެ ނޯޓިސްއަކާއިއެކު ކޮންމެ މަހަކު ނެޓް އެސެޓް ވެލިއޫ (NAV) ގައި
ފަންޑްގެ ބޭސް (އަސާސީ) ފައިސާ ޔޫ.އެސް ޑޮލަ (USD)
މަދުވެގެން ފުރަތަމަ އިންވެސްޓް ކުރަންޖެހޭ މިންވަރު USD 10,000
ވެލުއޭޝަން ޑޭ (ފަންޑްގެ ނެޓް އެސެޓް ވެލިއޫ ހޯދުމަށްޓަކައި ފަންޑް އަގު ކުރާދުވަސް) ކޮންމެ ކަލަންޑަރ މަހެއްގެ އެންމެ ފަހުދުވަސް

އޭ.އެފް.ސީ އަށް ގުޅުއްވުމަށް:

ރަޖިސްޓްރީ ކުރެވިފައިވާ އޮފީސް
Asia Frontier Capital Ltd.
c/o Ogier Fiduciary Services (Cayman) Ltd.
89 Nexus Way
Camana Bay
Grand Cayman KY1-9007
Cayman Islands

މައި އޮފީސް
Asia Frontier Investments Ltd.
1208, 12th Floor, Loon Kee Building
267-275 Des Voeux Road Central
Hong Kong
Tel: +852 3904 1015
Fax: +852 3904 1017
Email: info@asiafrontiercapital.com

 

mrt-logo
Sheung Wan Station, Exit B (Island Line)

އޭޝިއާ ފްރަންޓިއަރ އިންވެސްޓްމަންޓް ލިމިޓެޑަކީ ހޮންގްކޮންގެ ސެކިއުރިޓީސް އެންޑް ފިއުޗާރސް ކޮމިޝަން "އެސް.އެފް.ސީ" އިން ޓައިޕް 4 (ސެކިއުރިޓީސް އިޝްތިހާރަކުރުން) އަދި ޓައިޕް 9 (އެސެޓް މެނޭޖްމަންޓް) އަށް ލައިސަންސް ދޫކޮށްފައިވާ ކުންފުންޏެކެވެ.